Tuesday, March 30, 2010

މާރޗް 26 ރޭޑިއޯ ޚިޠާބުގެ ފޮރުވިފައިވާ މާނަ


" ދީނީ ވާހަކަދައްކާ މިދަންނަ ބޭކަލުން ނަރަކަ އާއި ސުވަރުގޭގެ ވާހަކަ ދައްކާ ގޮތަކީ މި އުޅޭ މިނިވަން ޚިޔާލުގެ ބޭފުޅުންނާއި ބޭކަނބަލުންނަށް އެހާ ކަމުދާ ގޮތެއް ނޫން. އެކުދިން ބޭނުންވަނީ އެކަން ވަގުތުން ހުއްޓުވަން، ޚާއްޞަކޮށް މަށަށް މިހާ ބާރު ލިބިފައިވާ ވަގުތެއްގައި.



އެކަމަކު މަށަށް އެކަން ކުރެވޭކަށް ނެތް. ސަބަބަކީ އޭރުން ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ނަގާލީ ކަމަށް މި "މުއްލާއިން" ބުނެފާނެތީ. އަދި އޭގެ ސަބަބުން މަ ބޭނުންވެގެން މިއުޅޭ ހުރިހާ ދީނެއްގެ ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް މިއޮތް ހުރިހާ ދުވަހު ކެތްލަވައިގެން މިކުރި މަސައްކަތްތައް ފެނަށް ވެދާނެތީ.



ކޮންމެއަކަސް މަ މިބުނަނީ މިދަންނަ ބޭކަލުން ދައްކާ ވާހަކަތަކަށް (މިނިވަން ޚިޔާލްގެ) ތިކުދިން ނުރުހެންޏާ، ތިކުދިންގެ ފިކްރުތައްވެސް ފަތުރަން ފަށާށޭ. ކްރިސްޓިއަން ދީނަށް ފާޅުގައި ގޮވާލާށޭ. އޭރުން އެހާބީންނަށް ވެސް ޖެހޭނީ އެދައްކާ ވާހަކަތައް ހުއްޓާލާށޭ، ނޫނީ މި "އަނެއް" ޚިޔާލަށް ވެސް ތަންދޭށޭ."




ރައްދު:


ލާހިކެއް ނޫން އިސްލާމްދީން ނޫން ދީނަކަށް މި ފަސްގަނޑުން ފުރުޞަތު ދޭކަށެއް.


އޮބްޒާވަރޭ ކިޔާ ސައިޓެއް ހިންގާ މީހަކޭ ބުނާ ފާޑުގެ މީހުންގެ ޚިޔާލެއް މިއަދުގެ ޒުވާން ދިވެހީން ޤަބޫލެއް ނުކުރާނެ.


ނަސާރާ މިޝަނަރީތަކުން "މިޖީލުގައި ދިވެހި ބައިބްލް ދިވެހިރާއްޖެއަށް ފެތުރުމަށް " ކުރާ އުއްމީދު ކުރަން އަދި ތަންކޮޅެއް އަވަސް. އަހަރެމެންގެ މުނި މުނި ކާފަދަރިންނަށް މުނި މުނި ކާފައޭ ގޮވާ ޒަމާނާ ހަމައަށް ވެސް ތިއުއްމީދެއް ޙާސިލެއް ނުކުރެވޭނެ. އިންޝާﷲ، ދުވަހަކުވެސް އެކަމެއް ނުވާނެ.



-މި ލިޔުން ޝާޢިޢްކުރެވުން ލަސްވިކަމަށްޓަކާ މަޢާފަށް އެދެމެވެ. ނަމަވެސް ލަހުންވެސް މިލިޔުން ޝާއިޢްކުރެވުމަކީ ބޮލުގައި އެޅިފައިވާ ޒިންމާއެއް އަދާކުރުން ކަމުގައި ދެކެމެވެ.


No comments:

Post a Comment